ވިޔުސް ފްރޮމް ދަ ފްރޮންޓްލައިން (ވީ.އެފް.އެލް) ގެ ދަށުން ކޮމިޔުނިޓީ އެކްޝަން ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

ޔޫޕިޔަން ކޮމިޝަންގެ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ އެހީގައި ގްލޯބަލް ނެޓްވޯކް އޮފް ސިވިލް ސޮސައިޓީ އޮގަނައިޒޭޝަން ފޮރ ޑިޒާސްޓަރ ރިޑަކްޝަންއާއި ގުޅިގެން މިޖަމްއިއްޔާއިން “ވިޔުސް ފްރޮމް ދަ ފްރޮންޓް ލައިން” ނަމުގައި ހިންގާ ޕްރޮޖެކްޓްގެ މަސައްކަތް މިދަނީ ކުރަމުންނެވެ. މިޕްރޮޖެކްޓްގެ ދަށުން، ރާއްޖޭގެ 4 ސަރަހައްދަކުން 15 ރަށެއްގައި ޑިސާސްޓަރ ރިސްކް ރިޑަކްޝަން އާއި ގުޅޭ ސާވޭއެއް ކުރުމާއި، މިދާއިރާއާއި ގުޅުން ހުރި ހަރަކާތެއް އެއިން ކޮންމެ ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މިމަޝްރޫއުގެ ދަށުން ހިންގަން ޖެހޭ ސާވޭގެ މަސައްކަތް ނިމި ސާވޭގެ ރިޕޯޓުމިހާރުވަނީ އެކުލާފައެވެ.

މިމަޝްރޫއުގެ ދަށުން ސާވޭކުރި ކޮންމެ ރަށެއްގައި، ސާވޭގެ ނަތީޖާއިން ފާގަވާ މައްސަލައެއް ނުވަތަ މައްސަލަތަކެއް ހައްލުކުރުމުގެ ގޮތުން ކޮމިޔުނީ އެކްޝަންނެން ނުވަތަ ކުޑަ މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ކޮމިޔުނިޓީ އެކްޝަން ހިންގަން ހަމަޖެހިފައިވާ ރައްތައް ތިރީގައި އެވަނީއެވެ.

ހއ. ހޯރަފުށި

ހއ. ދިއްދޫ

ހދ. ނޮޅިވަރަންފަރު

ށ. މަރޮށި

ނ. ހޮޅުދޫ

ރ. އަލިފުށި

ތ. ތިމަރަފުށި

ލ. ގަން

މ. ކޮޅުފުށި

ގއ. ވިލިނނގިލި

ގދ. މަޑަވެލި

ގދ. ވާދޫ

ގދ. ގައްދޫ

ގއ. ގެމަނަފުށި

ސ. ފޭދޫ

ވިޔުސް ފްރޮމް ދަ ފްރޮންޓް ލައިން މަޝްރޫއުގެ ޕާޓުނަރުންނާއި ގުޅިގެން މަތީގައިވާ ރަށްރަށުގައި ކޮމިޔުނިޓީ އެކްޝަން ހިންގަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން މަތީގައިވާ ރަށްރަށަށް ނިސްބަތްވާ ކައުންސިލްތަކާއި، އަންހެނުންގެ ކޮމިޓީ، މަދަނީ ޖަމްއިއްޔާތައް އަދި ކޯޕަރޭޓިވެސް ސޮސައިޓީތަކުން ކޮމިޔުނިޓީ އެކްޝަން ހިންގުމަށް އެދި 22 ޖުލައި 2020 ގެ ކުރިން ހުށަހެޅުއްވުން އެދެމެމެވެ. ރަށްރަށުގައި ހިންގާ ކޮމިޔުނިޓީ އެކްޝަތަކަށް ވިޔުސް ފްރޮމް ދަ ފްރޮޓްލައިން އިން ޚަރަދުކުރެވޭނީ ކޮންމެ ރަށަކަށް ގިނަވެގެން 15،000 ރުފިޔާއެވެ. ގިނަފަރާތްތަކުން ގުޅިގެން ކޮމިޔުނިޓީ އެކްޝަން ހިންގުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މިކަމާއި ގުޅިގެން އިތުރުމައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 7662474 އަށް ގުޅުއްވުން ނުވަތަ admin@huvadhooaid.org

އަށް އީމެއިލް ކުރެއްވުން އެދެމެވެ .

.ކޮމިޔުނިޓީ އެކްޝަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ފޯމު

https://sunshadeinn.com/wp-content/uploads/2020/07/vfl-expression-of-interest-form.docx